ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ކޯޓުގެ އައު ޢިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުގެ ވިނަނޮޅާ ސާފުކުރުން

ޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓްގެ އައު ޢިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިން ސާފު ކުރުމާގުޅޭ(.)

              

                   މިކޯޓްގެ އައު ޢިމާރާތް އެޅުމަށް ދޫކޮށްފައިވާ 4108.35 ( ހަތަރުހާސް އެއްސަތޭކަ އަށެއް ޕޮއިންޓް ތިނެއްފަހެއް ) އަކަފޫޓްގެ ބިން، މި ކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް ވިނަނޮޅާ ގަސްކޮށާ ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                  ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި ކޯޓުން ދޫކުރާ މަޢުލޫމާތު ޝީޓް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކޯޓަށް ޙާޟިރުވެ، އަގު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިނުވާކަމުގައާއި، މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި ގުޅިގެން އިތުރު ކަމެއް ސާފުކުރައްވަން ބޭނުންވާނަމަ މި ކޯޓުން އެކަމެއް ސާފުކުރެވޭނޭކަމުގައި ދަންނަވަމެވެ.

26 ޖޫން 2022
ހޯދާ