އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާކްސް ދޭނެގޮތް އާންމުކުރުން

ޢިއުލާން

މާކްސް ދޭނެގޮތް އާންމުކުރުން

މި އިދާރާއިން ކޮށްފައިވާ ނަންބަރ:

(IUL)343-AS/343/2022/51

(IUL)343-AS/343/2022/52

(IUL)343-AS/343/2022/53

(IUL)343-AS/343/2022/55 އިޢުލާން އަށް މާކްސް ދިނުމުގައި ބަލާނެ ކަންކަން ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި މާކްސްދިނުމަށް ހަމަޖެހިފައިވަނީ ތީރީގައިވާ އުސޫލުން:

މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު (75 ޕޮއިންޓް)

އަގަށް އިވެލުއޭޓްކުރާއިރު އެންމެ ދަށް އަގު ހުށަހަޅާ ފަރާތަށް ފުލް ޕޮއިންޓް ލިބޭނެއެވެ. އަގަށް ޕޮއިންޓްދޭއިރު އެންމެ މަތިން ޕޮއިންޓް ލިބޭފަރާތުގެ އިތުރުން އެހެން ފަރާތްތަކަށް ޕޮއިންޓްދެވޭނީ ތިރީގައި އެވާ ފޯމިއުލާގައިވާ ގޮތަށެވެ.

  އެންމެ ދައް އަގު

ބިޑުގެ އަގަށް ލިބޭ ޕޮއިންޓް= 15 X ---------------

ހުށަހަޅާފައިވާ އަގު 

ތަޖުރިބާ (10 ޕޮއިންޓް)

ތަޖުރިބާ އަށް ޕޮއިންޓްދޭއިރު އިޢުލާންކޮށްފައިވާ މަސައްކަތަށް ނުވަތަ ތަކެތި ސަޕްލައިކުރުމުގެ ތަޖުރިބާއަށް ގިނަވެގެން ލިބޭނީ 10 ޕޮއިންޓެވެ.

މަސައްކަތް ނިންމުމަށް ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ހުށަހަޅާ މުއްދަތު (15 ޕޮއިންޓް)

މުއްދަތަށް އިވެލުއޭޓުކުރާއިރު އެންމެ އަވަސް މުއްދަތެއްގައި މަސައްކަތް ނިންމަދޭނެ މުއްދަތު ހުށަހަޅާ ފަރާތައް ނުވަތަ ސަޕްލައި ކޮށްދޭ ފަރާތައް ފުލް ޕޮއިންޓް ލިބޭނެއެވެ. މުއްދަތައް ޕޮއިންޓްދޭއިރު އެންމެ މަތިން ޕޮއިންޓް ލިބޭފަރާތުގެ އިތުރުން އެހެން ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި އެވާ ފޯމިއުލާގައިވާ ގޮތަށެވެ.

އެންމެ އަވަސް މުއްދަތު

ބިޑުގެ މުއްދަތަށް ލިބޭ ޕޮއިންޓް= 15 X -------------

ހުށަހަޅާފައިވާ މުއްދަތު

 

ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާންކުރަމެވެ.

27 ޖޫން 2022
ހޯދާ