މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަހިއްޔާ ޕްރީ ސްކޫލް އިމާރާތުގައި ކުލަލުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން (ދެވަނަ ފަހަރު)

އިޢުލާން

 

ބަހިއްޔާ ޕްރީ ސްކޫލް އިމާރާތުގައި ކުލަލުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން

ބަހިއްޔާ ޕްރީ ސްކޫލް އިމާރާތުގައި މިކައުންސިލުން ކުލަ ފޯރުކޮށްދިނުމުން، ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ކުލަ ލައިދޭނެ ފަރާތެއްހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)320-FNP/320/2022/71 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެ.

 ވިމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، [email protected] އަށް، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޮނުވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9999745 އަށް ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26   ޛުލްޤައިދާ    1443

26     ޖޫން     2022 

26 ޖޫން 2022
ހޯދާ