ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ތިނަދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ވ.ތިނަދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)358/INDIV/2014/1)ފ(11 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ވ.ތިނަދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 30 ވާ އަންގާރަ ދުވަހުގެ 2:00 އަށް މި ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މަސައްކަތް ކޮށްދޭނެ އަގު (އަންދާސީހިސާބު) ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތުގެ މުއްދަތަކީ 15 އޮކްޓޫބަރު 2014 އިން  14 ސެޕްޓެންބަރު 2015 އަށް  

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވ.ތިނަދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައޮންނަންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެމީހަކީ ކާކުކަން އެނގޭފަދަ ލިއުމެއް ހުށަހަޅުއްވަންވާނެއެވެ.

އަންދާސީހިސާބު ހުޅުވުން:

އަންދާސީހިސާބު ހުޅުވުން އޮންނާނީ 09 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ވ.ތިނަދޫ ކައުންސިލުގެ އިދާރާގައި އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. ނަމަވެސް، އިވެލުއޭޓް ކޮމެޓީން ބެލުމަށްފަހު ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށްފަހު އަންދާސީހިސާބުގެ އެއްވެސް ލިޔުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.

މާކްސް ދެވޭ ގޮތްތައް:

#

މާކްސް

މާކްސް ދެވޭ މިންގަނޑުތައް

ތަފުސީލު

01

70%

އަގު

އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށް

02

30%

ތަޖުރިބާ

ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް

މާކްސް ދެވޭގޮތުގެ ތަފުސީލު:

01. ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.

02. ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.

03. ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01  ޛުލްޙިއްޖާ  1435

25 ސެޕްޓެންބަރު 2014
ހޯދާ