ކެންދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

 

އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން:

             މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ، އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލައި ، ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރ: 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން ( ޤާނޫން ނަމްބަރ: 2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 ޖޫން 2022 ން 29 ޖޫން 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ފޯން 6600315 ނަންބަރަށް ގުޅައިގެން ނުވަތަ ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލްކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މި ޕްރޮޖެކްޓާގުޅޭ އެއްވެސް ސުވާލެއްވާނަމަ، 29 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ (ނަމްބަރު 6) އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.   
  3. މި ޕްރޮޖެކްޓާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެ ތާރީޚަކީ 29 ޖޫން 2022 ވާ ބުދަ ދުވަހުގެ 14:00 ގައި  ކެންދޫ ސުކޫލްގައެވެ. ( މިބައްދަލުވުމަށް ވަޑައިނުގަނެވެސް ބީލަން ހުށައެޅިދާނެއެވެ.) ބައްދަލުވުން ބޭއްވޭނެގޮތް ނަންނޯޓް ކުރި ފަރާތްތަކަށް ފަހުން އެންގޭނެކަމުގައި ދަންނަވަމެވެ.
  4. ބީލަން ހުޅުވުން އޮންނާނެ ތާރީޚަކީ  03 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ކެންދޫ ސުކޫލްގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ކެންދޫ ސްކޫލުން ލިބެން ހުންނާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

-          ކެންދޫ ސްކޫލް، ބ. ކެންދޫ / ދިވެހިރާއްޖެ

-          ފޯން: 6600315

އީމެއިލް: [email protected]

27 ޖޫން 2022
ހޯދާ