މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާއި ބައްދަލުކުރުން.

  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން މި އަހަރުގެ ދެވަނަ ބައްދަލުވުން 20 ޖުލައި 2022ގައި ބޭއްވުމަށް ކުރިންވާނީ އިއުލާން ކުރެވިފައެވެ. ނަމަވެސް، އެތާރީޚްގައި ޖަލްސާ ބޭއްވެން ނެތުމުގެ ސަބަބުން ޖަލްސާ ބޭއްވުމުގެ ތާރީޚްވަނީ އަވަސް ކުރެވިފައެވެ. މި ދެންނެވުނު ޖަލްސާ މިހާރު ބާއްވަން ހަމަޖެހިފައިވަނީ 19 ޖުލައި 2022 ވާ ބުދަ ދުވަހުގެ ރޭގަނޑު 8:30 ގައި ލޮނުޒިޔާރަތް ޕާކުގައެވެ.

  ވީމާ، މި ބައްދަލުވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

26 ޖޫން 2022
ހޯދާ