މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑާބެހޭ

މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2022/41  ، (28 އޭޕްރީލް 2022) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންޓަވިއު ކުރުމަށް ކަނޑައެޅައިފައިވާ އަދަދަށް މި މިންގަނޑުގެ 7 ވަނަ މާއްދާގެ (ހ) ގައި ދެވުނު އިމްތިހާނުން ކެންޑިޑޭޓުން ފާސްވެފައި ނުވާތީ، މި ދެންނެވި އިމްތިހާނުން ފާސްވުމަށް ބޭނުންވާ އިންސައްތަ 50% އަށް ދަށްކޮށް، އިސްލާހުކުރެވުނު މިންގަނޑު ކަސްޓަމްސް ވެބްސައިޓް (www.customs.gov.mv) ގައި ޕަބްލިޝްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި އިމްތިހާންގެ ނަތީޖާ މިއޮފީހުގެ ވެބްސައިޓް (www.customs.gov.mv)ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަދެންނެވީމެެވެ.

 މިހާރު ޢާއްމުކުރެވިފައިވާ މައުލޫމާތާބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަމްބަރު، ގުޅޭނޭ ނަންބަރު އަދި ކުރިމަތިލީ މަގާމު އެނގޭނޭހެން އީމެއިލްކުރެއްވުން އެދެމެވެ. އީމެއިލް ފޮނުވުމުގެ ސުންގަޑިއަކީ 2022 ޖޫން 28 ވަނަ ދުވަހުގެ 20:00 އެވެ.

26 ޖޫން 2022
ހޯދާ