މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ހޯދުން

އިޢުލާން

 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން މިއިދާރާއަށް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު: 02 (ދޭއް)

އުޖޫރަ:

  • 2 ފުރޮޅުލީ އުޅަނދަކަށް -/15 ރުފިޔަ (ފަނަރަ ރުފިޔާ)
  • އެހެނިހެން އުޅަނދުތަކަށް -/25 ރުފިޔާ (ފަންސަވިސް ރުފިޔާ)

ޝަރުތު:

  • ށ. މިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފަކަށް ނުވުން.
  • ލިޔަންކިޔަން އެނގުން.
  • ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.
  • ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ޑްރައިވިންގ ލައިސަންސްގެ ކޮޕީ
  • ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ނުވާ)
  • އައި.ޑީ ކާޑުގެ ކޮޕީ
  • ހުށަހަޅާ ފަރާތުގެ ވަނަވަރު

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު  2022 ޖުލައި 05 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުންވުން އެދެމެވެ. އެގްޒަރމިނަރ އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

26 ޖޫން 2022
ހޯދާ