މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮޑި ދޯނި ފަހަރާއި ކަނޑު އުޅަނދު ފަރުމާކުރުމާއި، ސުޕަވިޝަން ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ރިފަރެންސް ނަންބަރު: AGRO-31-2022

ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އޮޑި ދޯނި ފަހަރާއި ކަނޑު އުޅަނދު ފަރުމާކުރުމާއި، ސުޕަވިޝަން ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ބޭނުމަށް އޮޑި ދޯނި ފަހަރާއި ކަނޑު އުޅަނދު ފަރުމާކުރުމާއި، ސުޕަވިޝަން ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ. އޯ. އާރް) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ ކުންފުނީގެ ޕްރޮފައިލް (މިދާއިރާގައި ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ރަނގަޅަށް އެނގޭނެހެން ލިޔެފައި ހުންނަންވާނެއެވެ.) 
  • ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް
  • ޓީމްގައި ހިމެނޭ މެމްބަރުންގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި

ޝައުގުވެރިވާ ފަރާތްތަކުން، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 1030 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑުގައި ރެޖިސްޓްރީ ވާންވާނެއެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/WsQCZhWrYp

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 1030 ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން  03 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 1030 ކުރިން ތިރީގައިވާ އެޑްރެހަށް  "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އެމް.އެފް.އެފް.ސީ ކެޕިޓެލް ޕވޓ ލޓޑ

9A، ހ. އޯކިޑް

،އަމީރުއަޙްމަދު މަގު،

 ކ.މާލެ، 20095

އީމެއިލް: [email protected]

26 ޖޫން 2022
ހޯދާ