މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު ޢިމާރާތް މަރާމާތުކުރުން

ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރު ކުރުމަށް މިހާރު ކޯޓު ހިނގަމުންދާ ޢިމާރާތުގެދެކުނުން އޮތްހުސްބަޔާއި ގުޅުވައިލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މިހާރު ބޭނުންކުރަމުންދާ ފާޚާނާ އާއި ގުދަން މަރާމާތުކޮށް، އިތުރު ފާޚާނާއެއް ހެދުމުގެ މަސައްކަތް ކުރުމަށް މިކޯޓުގެ ނަންބަރު F12C-A/2022/3 (13 ޖޫން 2022) ފުރަތަމަ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައި ނުވާތީ، މިއިޢުލާން ބާޠިލްކޮށް  ދެވަނަ ފަހަރަށް މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރު 6/2013)"  ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.  

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2022   ޖުލައި 03 ވާ އާދިއްތަ ދުވަހުގެ  10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި  2022 ޖުލައި 17  ވާ އާދިއްތަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށހެޅުމަށް ފުރުޞަތު ދެވޭނީ މަޢލޫމާތު ސާފުކުރުމުގެ ސެޝަން އޮންނަ ދުވަހު މަޢޫލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

26 ޖޫން 2022
ހޯދާ