ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

`

 

ނިލަންދޫ ސްކޫލް

 

 

ގއ.ނިލަންދޫ، ނިލަންދޫ

އިޢުލާން ނަންބަރު:

05-IUL/2022/GS-195

ދިވެހިރާއްޖެ.

ޕްރޮޖެކްޓްގެ ނަންބަރު:

2022/01

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

    މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރި (GS-195/2021/IUL-12) އިއުލާން ބާތިލްކޮށް މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ނިލަންދޫ ސްކޫލްގެ ސެކިއުރިޓީ ބަލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  23 ޖޫން 2022 އިން 27 ޖޫން 2022 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  3 ޖުލައި 2022 ވަނަ ދުވަހުގެ 11:00 ގައިނިލަންދޫ ސްކޫލް އޮފީސް  
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ނިލަންދޫ ސްކޫލް

ގއ. ނިލަންދޫ ދިވެހިޜާއްޖެ.

ފޯން: 7983074

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

 23 ޛުލްގައިދާ 1443

23 ޖޫން  2022

                                               ޚަދީޖާ އިބްރާހިމް

                                               ޕްރިންސިޕަލް 

23 ޖޫން 2022
ހޯދާ