ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމާއި މަހުގެ ވިޔަފާރިކުރުމަށް ވަގުތީގޮތުން ބިން ކުއްޔަށް ދޫކުރުން

މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައި ފާހަގަކޮށްފައިވާ ބިން ވަގުތީ ގޮތުން 1 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ.

ވީމާ، މި އިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ޗާޓްގައި ފާހަގަ ކޮށްފައިވާ 1600 އަކަފޫޓުގެ ބިން ކުއްޔަށްހިފަން ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ބީލަން ހުށަހަޅުއްވާނީ މި އިދާރާއިން ދޫކުރާ ފޯމުގައެވެ. ބީލަން ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 80/- (އަށްޑިހަލާރި) ލާރިއެވެ. ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން

  • 23 ޖޫން 2022 އިން 1 ޖުލައި 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވާންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ބީލަމުގައި ބައިވެރިވުމަށް -/50ރ (ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި މި އިދާރާގެ 001 700364 7714 (Revenue 1) އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށް ފަހު، ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކުރައްވާނީ 9197563 ނަންބަރަށެވެ.
  • ރަޖިސްޓަރީ ވާ ކޮންމެ ފަރާތަކަށްވެސް ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަން ރަޖިސްޓަރީކުރުމަށް އެދޭ ފޯމުގައިވާ މެއިލް އެޑްރެސްއަށް މެއިލުން ފޮނުވޭނެއެވެ.
  • އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ފޯނު ނަންބަރ 6500019 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

3 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައި.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

  • 7 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހއ. ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ، ރަޖިސްޓަރީކުރިނަމަވެސް، ރަޖިސްޓަރޭޝަން ފައިސާ ނުދައްކާ ފަރާތްތަކާއި، ގަޑި ޖެހިގެން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެއެވެ.

 ވިމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 ޖޫން 2022
ހޯދާ