ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 އެސިސްޓެންޓް މެނޭޖަރ - އައި.ސީ.ޓީ

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް މެނޭޖަރ - ގްރޭޑް 5

މުސާރަ:

 މަހަކު 9250.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 4150.00 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 07 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-ކޯޕަރޭޝަނުގެ ހުރިހާ ސަރވާތައް ބެލެހެއްޓުމާއި ބެކްއަޕްނެގުން.

- އަލަށް ބަހައްޓަންޖެހޭ ސަރވާތައް ބެހެއްޓުމާއި އެ ކޮންފިގަރޭޝަން ހެދުން.

- ނެޓްވާރކް ފަޔަރވޯލްތައް ބެހެއްޓުމާއި އެތަކެތި ކޮންފިގާރ ކުރުން.

- ކޯޕަރޭޝަނުގެ ސަރވާއާއި ކޯޕަރޭޝަނުގައ ބޭނުންކުރާ އެންމެހާ ކޮމްޕިއުޓަރ ސިސްޓަމްތައް ވައިރަސްތަކުން ރައްކާތެރިކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުގެ ނެޓްވޯކް، ރަށްތަކުގެ އޮފީސް ސައިޓްތަކާއި ގުޅުވާލައި މައި އޮފީހުން މެނޭޖްކޮށް ބެލެހެއްޓުމާއި، އިންޓަރނެޓް ވިއުގަ ބެލެހެއްޓުން.

- ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް ރިސާރޗް ކުރުމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކާއިއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތްކުރުން.

މަޤާމް:

 އެސިސްޓެންޓް ރޯޑް ކޮންސްޓްރަކްޝަން އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05

މުސާރަ:

 މަހަކު 5000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2000.00 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ގްރޭޑް 10 ނިންމާފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،

މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސައިޓުތަކުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލްއާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރިއަށްދާ ކަން ކަށަވަރުކޮށް، ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓެއް ތައްޔާރުކުރުން.

- ސައިޓުތަކުގައި މަސައްކަތްކުރާ  މުވައްޒަފުންގެ ހާޟިރީއާއި ގުޅޭ އެންމެހާ ކަންކަންކުރުން

- ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިވެލުއޭޝަން ފޯމުތަކާއި ގުޅޭ އެންމެހާ ކަންކަންކުރުން

- ރޯޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމެންޓްގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތް ތާވަލުކޮށް ތައްޔާރުކުރުން

-ޑިޕާޓުމެންޓުގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަށް ތައްޔާރުކުރުމުގައި އެހީތެރިވުން

- ޑިޕާޓްމެންޓްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

- ޑިޕާޓްމެންޓުން ފޮނުވަން ޖެހޭ ސިޓީ އަދި މިނޫންވެސް ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން

- ސައިޓްތަކުގެ މަސައްކަތައް ކުރިއަށްދަނީ ކަޑައެޅިފައިވާ އުސޫލުތަކާއި  އެއްގޮތައްކަން ކަށަވަރުކުރުން

މަޤާމް:

 އެސިސްޓެންޓް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05

މުސާރަ:

 މަހަކު 5000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2000.00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ގްރޭޑް 10 ނިންމާފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެނަލިޓިކަލް އަދި ސްޓެޓިސްޓިކަލް ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން.

- ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭން އަދި ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްކުރުން.

- ކޯޕަރޭޝަންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ އެންމެހާ ގޮތްތައް ހޯދުން.

- ޑިޕާޓްމަންޓުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

- ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކާއި ޕްރޮޑަކްޓްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ހޯދުން.

މަޤާމް:

 އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ

ބޭނުންވާ އަދަދު:

 02 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1

މުސާރަ:

 މަހަކު 4000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: .001600 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރޮކިއުމެންޓް ޑިޕާޓްމަންޓުން ކޯޕަރޭޝަންގެ ސައިޓްތަކަށް ބޭނުންވާ ތަކެތި ހޯދުމުން،  އެތަކެތި ދޯނިފަހަރަށްލައި ބަރުކުރުން (މިކަމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމެންޓު ހެދުން).

- ކޯޕަރޭޝަންގެ ސައިޓްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި ރަށްރަށަށް ފޮނުވުމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމަންޓު ހަމަޖެއްސުން.

- ކޯޕަރޭޝަންގެ ސައިޓްތަކަށް ފޮނުވަން ހަވާލުކުރެވޭ ޕްރިކާސްޓް އައިޓަމްތައް ރަށްރަށަށް ފޮނުވުމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމަންޓު ހަމަޖެއްސުން.

- ތިލަފުށިން މާލެއަށް ގެންނަ މުދާ އެޑްމިން ސްޓޯރ އާއި ގުޅިގެން މާލެ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުން

 - ލޮޖިސްޓިކް ނޯޓްތައް ބަލައިގަނެ ލޮޖިސްޓިކް ހަމަޖެއްސުން.

މަޤާމް:

 އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05

މުސާރަ:

 މަހަކު -/5000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2000

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހާއި ސައިޓުތައް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސެކިއުރިޓީ ބެލެހެއްޓުމަށް ހަމަޖެހިފައިވާ ސައިޓް /އޮފީހުގެ ސެކިއުރިޓީ އާއި ގުޅޭ އެންމެހާ ކަންކަން ކޮންމެ 1 ގަޑީ އިރަކުން ބެލެހެއްޓުން. އަދި އާދަޔާ ޚިލާފުކަމެއް ފާހަގަ ކުރެވޭނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުން.

- ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް ސުޕަވައިޒަރު އެންގުން.

- މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން.

- ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ސުޕަވައިޒަރަށް ރިޕޯޓްކުރުން.

- ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، ތަނުގައި އެފަދަ އެއްވެސް ކަމެއް ހިނގާކަމަށް ފާހަގަ ކުރެވޭނަމަ އެކަން ހުއްޓުވުމަށް ކަނޑަ އެޅިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރުން.

ސުންގަޑި:

މިވަޒީފާކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖޫން / ޖުލައި މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                          23 ޛުލްޤައިދާ 1443

22 ޖޫން 2022
ހޯދާ