ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގެ ކުލަބު / ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

މި ކައުންސިލްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައިވާ ގޮތުގެމަތިން،  މި އަތޮޅުގެ ކުލަބް / ޖަމްޢިއްޔާތަކުން އަތޮޅުގެ ރަށްރަށުގައި ހިންގާ މުޖުތަމަޢުއާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ އެހީގެ ގޮތުގައި މިއަހަރު ކުލަބު / ޖަމްޢިއްޔާ ތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ     -/100،000 (އެއްލައްކަ ރުފިޔާ) އެވެ. މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މުޖުތަމައަށް ފައިދާވާގޮތަށް ކުލަބު / ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށެވެ. މިގޮތުން ކުލަބު / ޖަމްޢިއްޔާއަކަށް ދިނުމަށް ހަމަޖެހިފައިވަނީ -/25،000ރ (ފަންސަވީސް ހާސް ރުފިޔާ) އާއި -/50،000ރ (ފަންސާސް ހާސް ރުފިޔާ) އާދެމެދުގެ ޢަދަދެކެވެ.

ވީމާ، މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ ކުލަބު / ޖަމްޢިއްޔާތަކުން "ކުލަބު / ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެއެހީ ހޯދުމަށް ހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުމާ އާއިއެކު 2022 ޖުލައި 07 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއި، އެހީދިނުމުގެ އުސޫލު މި އިޢުލާނާއި އެކު އާންމުކުރީމެވެ.

22 ޖޫން 2022
ހޯދާ