އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަސްވެރިންގެ ދަފްތަރު އެކުލަވާލުން

އިޢުލާން

" މަސްވެރިންގެ ދަފްތަރު އެކުލަވާލުން "

        މަސްވެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލު ކުރުމުގެ ގޮތުން  " ހިތަދޫ އަވަށުގެ މަސްވެރިންގެ ދަފްތަރު " އެކުލަވާލުމަށް ބޭނުންވެއެވެ. އެގޮތުން ކަޅުބިލަ މަހުގެ މަސްވެރިކަން އަދި ކަންނެލި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ދޯނިފަހަރުގެ ކެޔޮޅުންނާއި ފަޅުވެރިން ހިމެނޭގޮތަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މިއޮފީހަށް ފޮނުއްވައި ދެއްވުން އެދެމެވެ.

      • ދޯނީގެ ރަޖިސްޓަރީ ކޮޕީ
      • ކެޔޮޅު އަދި ފަޅުވެރިންގެ އައިޑީކާޑު ކޮޕީ
      • ގުޅޭނެ މޮބައިލް ނަންބަރ

       ވީމާ، މަތީގައި ދެންނެވިފައިވާ ފަރާތްތަކުން އަވަށު އޮފީހުގެ 6885753 ނަންބަރަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން ނުވަތަ [email protected] މެއިލް އަށް ފޮނުއްވުން އެދެމެވެ. މި މަޢުލޫމާތު 28 ޖޫން 2022 ގެ 12:00 ގެ ކުރިން ޙިއްސާކޮށް ދެއްވުން އެދެމެވެ.

21 ޛުލްޤަޢިދާ 1443

21 ޖޫން 2022

21 ޖޫން 2022
ހޯދާ