އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމާބެހޭ

އިޢުލާން

މިކައުންސިލަށް 1.5 ޓަނުގެޕިކަޕެއް ހޯދުމާބެހޭ

މިކައުންސިލުން ފޯރުކޮށްދެމުންދާ ކުނީގެ ޚިދުމަތައް 1.5 ޓަނުގެ ޕިކަޕެއް ގެނެސްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:30ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 05 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ހާޒިރުނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް މީޓިން ކުރިއަށްދާވަގުތު ހުށަހެޅޭނެއެވެ.
  • އޮންލައިންކޮށް ބީލަން ހުށަހަޅާނަމަ، މެއިލްކުރާ ފައިލްތަށް ހުންނަވާނީ ޕީޑީއެފްކޮށް ލޮކް ކުރެވިފައެވެ. އަދި ޕާސްވޯޑް ފޯރުކޮށްދެއްވާނީ އޮންލައިން މީޓިންގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            22 ޛުލްޤައިދަ 1443

              22 ޖޫން 2022

22 ޖޫން 2022
ހޯދާ