ދިވެހިރާއްޖެ
ބ. ކިހާދޫ ޞިއްޙީމަރުކަޒު
ބ. ކިހާދޫ
ދިވެހިރާއްޖެ
ނަންބަރު: (IUL)F6-HC/2022/03
އިޢުލާން
މަޤާމު |
މަސައްކަތު |
މަޤާމުގެ ނަންބަރު |
|
ބޭނުންވާ އަދަދު |
01 ( އެކެއް ) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެސް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާރފް ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ބ. ކިހާދޫޞިއްޙީމަރުކަޒު / ބ. ކިހާދޫ |
މުސާރަ |
-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް |
-/1000ރ (އެއްހާސް ރުފިޔާ) |
ސަޕޯޓިންގ ކޯ އެލަވަންސް |
މަހަކު 1200/-ރ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. މަރުކަޒުގެ ގޯތިތެރެއާއި، ބަގީޗާބެޑްތަކާއި، މަގުމަތިތައް ކޮންމެދުވަހަކުކުނިކަހާ ވިނަނޮޅާ ސާފުކުރުން 2. މަރުކަޒުފެ ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން، އަދިކުއްލިއަކަށް ހަޑިވާ ހަޑިވުން ވަގުތުން ސާފުކުރުން 3. މަރުކަޒުގެ އިމާރާތުގެ އެތެރެ ރަސްމީ ދުވަސްދުވަހު ކުނިކަހާ މޮޕްއަޅާ ސާފުކުރުމާ ހިރަފުންފޮޅުން 4. މަރުކަޒުތެރެއިން ނެގޭ ކަރުދާސްތައް ކޮންމެ ދުވަހަކު ވަގުތުން އެންދުމާއި، ގޯތިތެރެއާއި، މަގުމަތިންނެގޭ ކުންޏާއި އެހެނިހެން ގޮތްގޮތުންއުކާލަންޖެހޭ ކުނިތައް ކޮންމެދުވަހަކު އުކާލުން 5. މަރުކަޒުގައި ބެހެއްޓިފައިވާ ފަރުނީޗަރާއި، ދޮރާއި ދޮރުފަތްތަކާއި އެހެނިހެންތަކެތި ކޮންމެ ދުވަހަކު ފޮހެސާފުކުރުން 6. މަރުކަޒުން އެކިތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، އެކިތަންތަނުން މަރުކަޒަށް ގެންނަންޖެހޭތަކެތި ގެނައުން. އަދި މުވައްޒަފުންނާއި، އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ ލިއުންތައް އެންގުން 7. ބަގީޗާގަސްތަކަށް ފެންދިނުން،އަދި ގަސްއިންދުމާއި، ގަސްތައް ކޮށާ ބެލެހެއްޓުން 8. މަރުކަޒުގެ ފުރާޅުތައް ވާރޭފެން ނެގުމަށް ސާފުކުރާ ދުވަސްދުވަހުއާއި، ހަޑިވެގެން ސާފުކުރާ ދުވަސްދުވަހު ސާފުކުރުން ، އަދި އެހެން މުވައްޒަފުން ސާފުކުރާ ދުވަހު އެމަސައްކަތުގައި އެމުވައްޒަފުންނާ ބައިވެރިވެ އެހީތެރިވުން. 9. މަރުކަޒުގެ އިމާރާތްތަކުގެ ބިއްލޫރިތައް ހަފްތާއަކު ދެދުވަހު ފޮހެސާފުކުރުން 10. މަރުކަޒުން ދޮންނަން ޖެހޭ ތަކެތި (ދޮރުފޮތި، ބެޑްޝީޓް، ބާލީސްއުރަ ފަދަތަކެތި )ދޮވެ އިސްތިރިކުރުން 11. މަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި ، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން |
މަޤާމުގެ ޝަރުތު |
ލިޔަން ކިޔަން އެގުން. ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
ނުވަތަ؛
ނުވަތަ؛ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
މަގާމުގެ މަސައްކަތުގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖޫން 2022 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ބ. ކިހާދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ސަރުކާރު ރަސްމީ ގަޑީގައި ބ. ކިހާދޫ ޞިއްޙިމަރުކަޒު ނަންބަރު 6600050 ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ b.kihaadhoohc@health. gov.mv އެވެ. |
ޖޫން 202222