ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު Q3C-A/2022/1 (28.04.2022) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާތިލްކޮށް، ދެވަނަ ފަހަރަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް

         ގދ. ނަޑެއްލާ،

             ދިވެހިރާއްޖެ،

 

                                                                                                                                                                        ނަންބަރު: Q3C-A/2022/3

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މިކޯޓު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު Q3C-A/2022/1 (28.04.2022) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާތިލްކޮށް، ދެވަނަ ފަހަރަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 22 ޖޫން 2022 އިން ފެށިގެން 30 ޖޫން 2022 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިކޯޓަށް ވަޑައިގެން ނުވަތަ މެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަން ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ރަޖިސްޓްރީކުރާ ފޯމް މިކޯޓުގެ ކައުންޓަރއިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ.

ލިންކް:https://gdh-nadallaa.courts.gov.mv/downloadables/Hvgs9R2anK.pdf

  • ·  މި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 29 ޖޫން 2022 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ނުވަތަ މިކޯޓުގެ ކައުޓަރަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
  • ·  މި ޕްރޮޖެކްޓާއި ބެހޭގޮތުން  ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިކޯޓުގައެވެ.
  • ·  ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 06 ޖުލައި 2022 ވާ ބުދަދުވަހުގެ 10:00 ގައި މިކޯޓުގައެވެ.

 

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ބަދަލުގައި ޙާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަން ވާނެއެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840150 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިކޯޓުގެ އީ-މެއިލް އެޑްރެސް[email protected]   އަށް މެއިލް ކުރެއްވުން އެދެމެވެ.

21 ޖޫން 2022 

21 ޖޫން 2022
ހޯދާ