ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިމިއަތޮޅު ނިލަންދޫގައި ހަދާ ލައިސަންސް ޓްރެކް އިންފާރާއި ގާފޮޅުތައް ރާނާއި ސިމެންތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

 

  1. މިއަތޮޅު ނިލަންދޫގައި ލައިސަންސް ދޫކުރުމަށް ހަދާ ޓްރެކްގެ ('120×'120) އިންފާރާއި ގާފޮޅުތައް ރާނާއި ސިމެންތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތުގެ އަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  3. އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ލައިސަންސް ޓްރެކްގެ އިންފާރާއި ގާފޮޅުތައް ރޭނުމުގެ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  4. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
  5. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަމްބަރު: 6740017 އަށް ގުޅުއްވުން އެދެމެވެ.

20 ޛުލްޤައިދާ 1443

20  ޖޫން   2022

20 ޖޫން 2022
ހޯދާ