ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގެ ޕްރީސްކޫލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

މި ކައުންސިލްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައިވާ ގޮތުގެމަތިން މި އަތޮޅުގެ ޕްރީސްލޫކްތަކުގެ ވަސީލަތްތައް ފުރިހަމަކޮށް، ޕްރީސްކޫލްތަކުގެ ހާލަތު ރަނގަޅުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ އެހީގެ ގޮތުގައި މިއަހަރު ޕްރީސްކޫލްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ -/75،000 (ހަތްދިހަ ފަސްހާސް ރުފިޔާ) އެވެ. މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޕްރީސްކޫލްގެ ވަސީލަތްތައް ފުރިހަމަ ކުރުމާއި، މަރާމާތުގެ މަސައްކަތަށެވެ.

ވީމާ، މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ ޕްރީސްކޫލްތަކުން މާލީ އެހީއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު، ޕްރޮޕޯސަލް އާއިއެކު 2022 ޖޫން 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއި، އެހީދިނުމުގެ އުސޫލު މި އިއުލާނާއި އެކު އާންމުކުރީމެވެ.

20 ޖޫން 2022
ހޯދާ