އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ޑައިޓީޝަން

މަޤާމް :ސީނިއަރ ޑައިޓީޝަން
ބޭނުންވާ އަދަދު :1

އިޢުލާނު

 

 

މަޤާމު:

ސީނިއަރ ޑައިޓީޝަން

 

މަޤާމުގެ ނަންބަރު:

291527 ޖޭ

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އެމް.އެސް.3

 

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / އިންޓަރނަލް މެޑިސިން ސެކްޝަން / މާލެ

 

މުސާރަ:

-/7035 ރުފިޔާ (މަހަކު)

 

ސަރވިސް އެލަވަންސް:

-/2500 ރުފިޔާ (މަހަކު)

 

އެހެނިހެން އެލަވަންސް:

ޓެކްނިކަލް ކޯ އެލަވަންސް: -/1969.80 ރުފިޔާ (މަހަކު)

ރިސްކް އެލަވަންސް: -/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ބަލިމީހުންގެ ތެރެއިން ޑައިޓީޝަން ރެފަރަލް ލިބޭ ބަލިމީހުންގެ ނިޔުޓްރިޝަނަލް އެސެސްމަންޓް ހަދާ، ނިއުޓްރިޝަނަލް ޑައިގްނޯސިސް ހަދާ، ބަލިމީހާއާއި މަޝްވަރާ ކުރުމަށްފަހު މެޑިކަލް ނިއުޓްރިޝަން ތެރަޕީ އަދި ޑައިޓެޓިކް ކައުންސިލިންގ ދިނުން
  2. ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައިވާ ބަލިމީހުންގެ ތެރެއިން ޑައިޓީޝަން ރެފަރަލް ލިބޭ ބަލިމީހުންގެ ނިޔުޓްރިޝަނަލް އެސެސްމަންޓް ހަދާ، ނިއުޓްރިޝަނަލް ޑައިގްނޯސިސް ހަދާ، ހޮސްޕިޓަލުން ލިބެން ހުރި ޑައިޓް މެނޫތަކުގެ ތެރެއިން ނިއުޓްރިޝަނަލް ޑައިގްނޯސިސް އާއި އެކަށޭނަ ޑައިޓެއް ޕްރިސްކްރައިބް ކުރުން
  3. އައިސީޔޫ، ސީސީޔޫ، އަދި ހައި ޑިޕެންޑަންސީ ވޯޑް ތަކުގައި ތިބޭ ބަލިމީނުންގެ ނިޔުޓްރިޝަނަލް އެސެސްމަންޓް ހަދާ، ނިއުޓްރިޝަނަލް ޑައިގްނޯސިސް ހަދާ، ބަލި މީހާއާއި މަޝްވަރާ ކުރުމަށްފަހު މެޑިކަލް ނިއުޓްރިޝަން ތެރަޕީ ދިނުން
  4. ހޮސްޕިޓަލުގެ އައުޓް ޕޭޝަންޓް ޑިޕާޓްމަންޓަށް، ޑައިޓީޝަނަށް ދައްކަން އަންނަ މީހުންގެ ނިޔުޓްރިޝަނަލް އެސެސްމަންޓް ހަދާ، ނިއުޓްރިޝަނަލް ޑައިގްނޯސިސް ހަދާ، ބަލި މީހާއާއި މަޝްވަރާ ކުރުމަށްފަހު މެޑިކަލް ނިއުޓްރިޝަން ތެރަޕީ އަދި ޑައިޓެޓިކް ކައުންސިލިންގ ދިނުން
  5. ހޮސްޕިޓަލުގެ ތަފާތު ޑިޕާޓްމަންޓް (މިސާލަކަށް އަންހެނުންގެ ކްލިނިކް، ހަކުރުބަލީގެ ކްލިނިކް، ހިތުގެ ކްލިނިކް) ތަކުގައި ތިބޭ ބަލި މީހުނާއި އެމީހުންގެ އާއިލާއަށް ބައްޔާބެހޭ ނިއިޓްރިޝަނަލް ގްރޫޕް ކައުންސިލިގ ދީ، ކޭންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރަންވީ ގޮތުގެ އިރުޝާދާއި ލަފާ ދިނުން
  6. ހޮސްޕިޓަލުގެ ޑައިޓެޓިކް ފުޑް ސަރވިސުން ހޮސްޕިޓަލުގައި ތިބޭ ބަލިމީހުނަށް ތައްޔާރު ކުރާ ކާބޯތަކެތީގެ ފެންވަރު ބަލާ ނިޔުޓްރިޝަން ގައިޑަލްއިންސް އަދި ފުޑް ކޮލިޓީ ގައިޑަލްއިންސް ތަކުގައި ބަޔާން ކުރެވިފައިވާ ކޮލިޓީ ހުރިތޯ ބަލާ ފާސް ކުރުމާއި ހޮސްޕިޓަލަށް ޚާއްސަ ގައިޑްލައިނެއް އެކުލަވާލުން
  7. ޖޫނިއާ ޑައިޓީޝަނުންނާއި ޑައިޓަޓިކް ތަމްރީން ހަދާ މީހުން ސުޕަވައިޒްކޮށް ތަމްރީނު ކުރުން
  8. ހޮސްޕިޓަލުގެ ޑައިޓެޓިކް ފުޑް ސަރވިސް މެނޭޖް ކުރުމާއި އެކު މާސްޓަރ ޝެފާއި މަޝްވަރާކޮށް ހޮސްޕިތަލުގައި އެނދުމަތި ކުރެވިފައި ތިބޭ ބަލިމީހުނަށް ބޭނުންވާ މެޑިކަލް ޑައިޓްތައް ފަރުމާކޮށް، އެކަށީގެންވާ އަގަކާއި، ލިބެން ހުންނަ ކާބޯތަކެތި އަދި ކާބޯތަކެތި އުފައްދަން ބޭނުންކޮށްގެން ހޮސްޕިޓަލް މެނޫ ތައްޔާރުކޮށް، އެ މެނޫގައި ވާގޮތަށް ކާތަކެތި ތައްޔާރުކުރެވޭތޯ ބެލުމުގައި ޕްރިންސިޕަލް ޑައިޓީޝަނަށް އެހީވުން
  9. ބަލިމީހުނަށް ބޭނުންކުރަން ގެންނަ ތައްޔާރީ މެޑިކަލް ނިޔުޓްރިޝަން ޕްރޮޑަކްޓްތަކުގެ ފެންވަރު ބަލާ އެތަކެއްޗަކީ ތަފާތު ބަލިބަލީގައި ބޭނުން ކުރުމަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ތަކެތިތޯ ބަލައި، އެ ތަކެތީގެ ނިޔުޓްރިޝަނަލް ވެލިޔު ބަލިމީހުންގެ ނިޔުރިޝަނަލް ރިކުއަމަންޓްތަކަށް އެކަށިގެންވޭތޯ ބަލައި އެތަކެތި ފާސްކުރުން
  10. ޑައިޓިސްޓިކްއާއި ގުޅޭ ކަންކަމުގައި ގައުމީ އަދި ބައިނަލްގްވާމީ ފެންވަރުގައި ހޮސްޕިޓަލް ތަމްސީލްކުރުން
  11. ތަފާތު ބަލިތަކާއި ގުޅޭގޮތުން ކެއެން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރަންވީ ގޮތުގެ ހޭލުންތެރިކަ ން ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޕްރިންސިޕަލް ޑައިޓީޝަނަށް އެހީ ފޯރުކޮށްދިނުން
  12. ޕްރިންސިޕަލް ޑައިޓީޝަނެއް ނެތް ހާ ލަތުގެ ޕްރިންސިޕަލް ޑައިޝީނަގެ މަސްއޫލިއްޔަތު ތައް އަދާކުރުން
  13. މީގެ އިތުރުން ވަޒީފާއާއި ގުޅުން ހުރި އޮފީހުގެ އެހެން މަސައްކަތްތަށް ކުރުން

 

މަޤާމުގެ ޝަރުޠުތައް:

 

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

 

  1. ޑައިޓެޓިކްސް ނުވަތަ ފުޑް ސަރވިސް މެނޭޖްމަންޓް ނުވަތަ ނިއުޓްރިޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޑައިޓެޓިކްސް ނުވަތަ ފުޑް ސަރވިސް މެނޭޖްމަންޓް ނުވަތަ ނިއުޓްރިޝަން ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ޑައިޓެޓިކްސް ނުވަތަ ފުޑް ސަރވިސް މެނޭޖްމަންޓް ނުވަތަ ނިއުޓްރިޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

މަގާމުގެ ތައުލީމީ ރޮނގުތައް:

ޑައިޓެޓިކްސް

ފުޑް ސަރވިސް މެނޭޖްމަންޓް

ނިއުޓްރިޝަން

 

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

 

މަގާމުގެ ކޯ ޑިސިޕްލިން:

ޑައިޓެޓިކްސް

ފުޑް ސަރވިސް މެނޭޖްމަންޓް

ނިއުޓްރިޝަން

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

ޑައިޓެޓިކްސް

ފުޑް ސަރވިސް މެނޭޖްމަންޓް

ނިއުޓްރިޝަން

 

(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް.އެސް.3 ން ފެށިގެން އީ.އެކްސް. 5 އާ ދެމެދުގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26  ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

 

އިންޓަރވިއުއާއި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  27 ޖޫން  2022 ން 21 ޖުލައި 2022 އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.   

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

       

20 ޛުލްގައިދާ 1443

20 ޖޫން 2022

20 ޖޫން 2022
ހޯދާ