ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުމާއިގުޅޭ

ތަރުޖަމާނުން ހޯދުމާއިގުޅޭ

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ބަންގްލަދޭޝް ބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

ޝަރުތު: ބަންގްލަދޭޝް ބަހުން ދައްކާ ވާހަކަ ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ ބަންގްލަދޭޝް ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުމާއެކު، ދިވެހި ބަހުން ލިޔެފައިހުންނަ ތަކެތައި ކިޔަން އެނގުން. 

އުޖޫރަ:  މައްސަލަތަކާއި ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ)

ހުށަހަޅަންޖެހޭ ތަކެތި:

-  ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު

-  ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ

-  ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ  

-  ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

-  ވަނަވަރު (ސީވީ)

 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 27 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

20 ޖޫން 2022

20 ޖޫން 2022
ހޯދާ