ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ޣާޒީ ސްކޫލް ގެ އެކްޓިވިޓީ ޔުނިފޯމް ފޯރުކޮއްދޭނެ ފަރާތެއް ބޭނުން ވެއްޖެ އެވެ.

މި ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމްފަހައިދޭނެ ދެފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

  1. ޣާޒީ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމްފަހައިދޭނެ ދެފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. 3.      ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  7602085 ނަންބަރު ފޯނާއެވެ.

 

#

 ތަފުސީލު

ތާރީޚު

ގަޑި

1

ރަޖިސްޓަރީކުރުން

20 ޖޫން 2022 އިން 25 ޖޫން 2022

ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް

 

މަޢުލޫމާތު ސާފުކުރުން

26 ޖޫން 2022 (އާދިއްތަ)

މެންދުރުކުރި 11:00

2

 އަންދާސީހިސާބު ހުށަހެޅުން

30 ޖޫން 2022 (ބުރާސްފަތި)

މެންދުރުކުރި 11:00

 

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

   އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޣާޒީ ސްކޫލް

ފޯން: 7602085

އީ-މެއިލް: [email protected]

 

20 ޖޫން 2022

20 ޖޫން 2022
ހޯދާ