ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ފަރާތުން ހުޅުވުމަށް ހަމަޖެހިފައިވާ އެސް.އެމް.އީ ހަބްގެ ގްރައުންޑް ފްލޯގައި ގަސް ވިއްކާނެ ފަރާތެއް ހޯދުމަށް

 

 

 

 

 

 

 

 

މި ކޯޕަރޭޝަންގެ ފަރާތުން އެސްޓީއޯ އެލައިޑް ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސް.އެމް.އީ ހަބްގައި ގަސް ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް މި ކޯޕަރޭނުން ކުރި ނަންބަރު 

އެސް.އެމް.އީ ހަބަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމުގެ މަޤްސަދުގައި މި ކޯޕަރޭޝަންގެ ފަރާތުން ހުޅުވާ ތަނެކެވެ. މި ތަނުގައި ގަސް ވިއްކާ ސަރަހައްދުގެ އިތުރުން ފޮތް ފިހާރައަކާއި، ކެފެޓީރިއާއެއްގެ އިތުރުން ކާބޯތަކެތި، އަންނައުނު، ކޮސްމެޓިކްސް އަދި ކުޅޭ އެއްޗެހި ވިއްކާ ކިއޮސްތަކާއި، ހެއަރ އެންޑް މޭކަޕް ސެލޫނަކާއި ނެއިލް ސްޓޭޝަނެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މިނީ ސިނަމާއަކާއި ގޭމިންގ އޭރިއާއެއްވެސް އެސް.އެމް.އީ ހަބްގައި ހުންނާނެއެވެ. މިފަދައިން އެކި ދާއިރާތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު މި ކޯޕަރޭޝަންގެ ފަރާތުން މި ހުޅުވާލެވެނީ ވީހާވެސް ގިނަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމަށްޓަކައެވެ.  

މިގޮތުން ގަސް ވިއްކުމުގެ ޚިދުމަތް ދިނުމަށްޓަކައިވެސް ހުޅުވައިލެވިފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރައްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

    

ތަން

ދުވަސް

ތާރީޚް

ވަގުތު

 އަންދާސީހިސާބު ހުށަހެޅުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން،

މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)

ބުރާސްފަތި

30 ޖޫން 2022

10:00

 ބީލާމާބެހޭ މަޢުލޫމާތު

ހ. މި މަސައްކަތާ ގުޅޭ އެންމެހާ މައުލޫމާތު މި އިޢުލާނާއި އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނައިފައިވާނެއެވެ. އަންދާސީ ހިސާބުތައް ތައްޔާރު ކުރައްވަން ވާނީ މި މަޢުލޫމާތު ކަރުދާހުގައި ވާ ކަންތަކަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް އިވެލުއޭޝަންގައި ބާތިލުކުރެވޭނެއެވެ.

ށ. ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ލިބޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

ނ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްގެން ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ސޯލްޕްރޮޕްރައިޓަރ ފަދަ ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ.

ރ. ބީލަން ހުށަހަޅާ ފަރާތަކީ ކުދި އަދި މެދުފަންތީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ.

ބ. މި ބީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީހިސާބެވެ، އަދި އެންމެ ކުޑަ ކުއްޔެއްގެ ގޮތުގައި ހުށަހެޅޭ ބިޑް ފެށޭ އަގަކީ މަހަކު 10،000 (ދިހަ ހާސް) ދިވެހި ރުފިޔާއެވެ.

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ

ފޯނު: 3305555، 3330587

އީމެއިލް:  [email protected]

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

20 ޖޫން 2022
ހޯދާ