ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ފުޓްސަލްދަނޑު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިކައުންސިލް އިން ކުރި އިޢުލާން(IUL)420-AS/420/2022/30  އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ  އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތުގެ ބީލަން ހުޅުވާލަމެވެ.

ގދ. ރަތަފަންދޫ ފުޓްސަލްދަނޑު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2022 ޖޫން 20 ވަނަ ދުވަހުން ފެށިގެން 2022 ޖޫން 25 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ފޯމް މެދުވެރިކޮށް  (https://forms.gle/yzsd911jAjy9FAR5A) ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

މިމަސައްކަތާއި ގުޅިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2022 ޖޫން 26 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގަ އެވެ. އަދި އަންދާސީހިސާބުތައް  ހުށަހެޅުމާއި ކެނޑުން އޮންނާނީ 2022 ޖޫން 29 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި މި އިދާރާގައެވެ. 

މިމަސައްކަތް ކުރުމަށް އެދި ބީލަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކޮށްފައިވާ ފަރާތުގެ ނަމުގައެވެ.

 

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6840016 ގުޅުއްވައިގެން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖޫން 2022
ހޯދާ