ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް (ވަގުތީ)

މި އިޢުލާންވަނީ 19 ޖޫން 2022 22:31 ގައި ބާތިލް ކުރެވިފައެވެ.


`

ހައްދުންމަތީ ހިތަދޫ ކައުންސިލުގެ އިދާރާ

       ހިތަދޫ

     ދިވެހިރާއްޖެ

ނަންބަރު: (IUL)404-CA/404/2022/25

ވަޒީފާގެ ފުރުޞަތު

އިޢުލާނު

މަޤާމު:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

01 (އެކެށް)

މަޤާމުގެ ގިންތި:

ވަގުތީ

މުސާރަ:

4465/- (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

-/1500 ( އެއް ހާސް ފަސްސަތޭކަ ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް

-/700 ( ހަތްސަތޭކަ ރުފިޔާ)

މިނިމަމް ވޭޖް އެލަވަންސް

-/1100 (އެގާރަސަތޭކަ ރުފިޔާ)

ވަޒީފާގެ މުއްދަތު

 2 އަހަރު

މަޤާމުގެ ޝަރުތުތައް:

1.     ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

2.     ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

1.  ކައުންސިލް އިދާރާއަށް އަންނަ ސިޓީ، މެސެޖް ފަދަ ތަކެތި ބަލައިގަނެ ސެކްޝަންތަކާ ޙަވާލުކުރުން.

2.  ކައުންސިލް އިދާރާއިން އެހެން ފަރާތްތަކަށް ފޮނުވަން ޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ފޮނުވުން

3.  އެކިކަންކަމަށް ފޯމް ދޫކުރުމާއި ފޯމް ބަލއިގަތުން

4.  ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ ބަލައިގަތުން

5.  ކައުންސިލް އިދާރާއަށް އެކި އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުން.

6.  ކައުންސިލް އިދާރާއަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުން

7.  އާންމުކޮށް އަންނަ ސިޓީ އަދި މެސެޖްފަދަ ތަކެއްޗަށް ޖަވާބު ދިނުން

8.  އައިޑީކާޑު ދޫކުރުމާއި އެކިއެކި އާންމު ހުއްދަތަށް ދޫކުރުން

9.  ސެކްޝަންތަކުން ހަވާލުކުރެވޭ އެކި މަސައްކަތް ކުރުން.

10. ޚާއްޞަ ހާލަތްތަކުގައި އަންގާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1.     ތަޢުލީމާއި ތަމްރީނު( މައިކްރޯސޮފްޓް އޮފިސް ޕެކޭޖަށް އަހްލުވެރި ފަރާތަކަށް އިސްކަންދެވނެއެވެ.)

2.     މަސައްކަތުގެ ތަޖުރިބާ. ޤާބިލުކަން.

3.     މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

ވަޒީފައަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2021 ޖޫން 26 ވަނަ ދުވަހުގެ 12:00 އެވެ. ތަކެތި ހުށަހަޅާނީ، ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފައަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމް( ވަޒީފާއަށް އެދޭ ފޯމް) ( މިފޯމް، ލ.ހިތަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީ.ވީ)
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒު ނުކުރާކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
  6. (ހ) އެކްރެޑިޓް ކޮށްފައިވަ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  7. (ށ) ސިވިސް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުން ކޯހެއް ފުރިހަމަ ކޮށްފައިވާނަމަ،އެ ސެޓްފިކެޓެއްގެ ކޮޕީ (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް)
  8. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  9. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ޖޫން 2021 އާއި 30 ޖޫން 2021 އާ ދެމެދު، ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ނޯޓް:

  • އިތުރު މަޢުލޫމާތު ހޯދުމަށް 6800804 ނަންބަރު ފޯނާ ގުޅުމުން މަޢުލޫމާތު ލިބޭނެއެވެ.
  • ޕެންޝަން ފައިސާއަށް މުސާރައިގެ %7 ކެނޑޭނެއެވެ. އަދި %7 ކައުންސިލްގެ އިދާރާއިން ޕެންޝަނަށް ފަންޑަށް ޖަމާކޮށްދެވޭނެއެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލްކުރެވޭނެއެވެ.
  • ހުށަހަޅާ ސެޓްފިކެޓްތައް ހުންނަންޖެހޭނީ އެޓެސްޓް ކުރެވިފައެވެ.
  • އިންޓަރވިއުކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

19 ޛުލްޤައިދާ 1443

19 ޖޫން 2022

މުޙައްމަދު ފަރުހާދު ޢަލީ

ސެކްރެޓަރީ ޖެނަރަލް

 

19 ޖޫން 2022
ހޯދާ