ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ހިންގާ ޤުރްއާން ހިތުދަސްކުރާ ކްލާސްތަކަށް 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ދަރިވަރުން ނެގުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ހިންގާ ޤުރްއާން ހިތުދަސްކުރާ ކްލާސްތަކަށް  2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ދަރިވަރުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. ދަރިވަރުން ނަގާނީ ފޯމުގައިވާ ގަޑިތަކަށް ޖާގަހުރި ވަރަކުންނެއެވެ.

ޝަރުޠު:      

  1. ކީރިތި ޤުރްއާން ފަރިތަކޮށް ކިޔަވަން އެނގުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 ވީމާ، ޙިފްޡް ކްލާހުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf 2022 ޖޫން 19 ( އާދިއްތަ ) މިއަދުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކްލާހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 ޖުލައި 03 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ( އައިޑީކާޑްގެކޮޕީ އަކާއެކު )  އާއެކު [email protected]  އަށް މެއިލްކުރެވިދާނެއެވެ. އަދި މިމަރްކަޒުގެ ކައުންޓަރުން ވެސް ފޯމް ބަލައި ގަންނާނެ ވާހަކަ ދަންނަވަމެވެ.

މި ކްލާސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 އޮގަސްޓު 02 އަންގާރަ އިން 2022 އޮގަސްޓު 06 އާއި ދެމެދުއެވެ.

 

19 ޖޫން 2022
ހޯދާ