ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން އިނާމު ލިބޭ ފަރާތްތައް ހޮވުމުގައި ޚިދުމަތުގެ މުއްދަތު ގުނުމުގައާއި އިނާމުދިނުމުގައި ޢަމަލުކުރާނެގޮތް

ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން އިނާމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރ  (IUL)240-ADS/240/2022/39(30 މެއި 2022) އިޢުލާނުގައި ބަޔާންކުރެވިފައިވާ އެކިއެކި ދާއިރާތަކުން އިނާމު ލިބޭ ފަރާތްތައް ހޮވުމުގައި ޚިދުމަތުގެ މުއްދަތު ގުނުމުގައާއި އިނާމުދިނުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)240-ADS/240/2022/41 (12 ޖޫން 2022) އިޢުލާނުގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރ ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި 2019 ން 2021  ވަނަ އަހަރުގެ ނިޔަލަށް ކަމުގައި ބަޔާންކުރެވިފައިވަނީ ލިޔުމުގެ އޮޅުމަކުންނެވެ.

ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން އެންމެފަހުން އިނާމު ދީފައިވަނީ 2016 ވަނަ އަހަރު ކަމަށްވެފައި މިފަހަރުގެ އިނާމުދިނުމުގައި މުއްދަތު ގުނުމުގައި 2019 ން 2021 ވަނަ އަހަރުގެ ނިޔަލަށް ބެލުމުން، 2017 ން 2019 ވަނަ އަހަރައި ދެމެދުގެ މުއްދަތު ނުގުނޭތީ އިނާމަށް ކުރިމަތިލުމުގައި ހުރިހައިފަރާތްތަކަކަށްވެސް ހަމަހަމަ ފުރުޞަތު ދިނުމުގެގޮތުން އަންނަނިވިގޮތުގެމަތިން މުއްދަތު ކަނޑައަޅާ ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

1-     ސުކޫލް މަދަރުސާތަކާއި ރަށު ކައުންސިލްތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިނާމު ދިނުމުގައި ބަލާނީ އެފަރާތްތަކުން 2021 ވަނަ އަހަރު ހޯދާފައިވާ ކާމިޔާބީއަށެވެ.

2-     އެކިއެކި ދާއިރާތަކުން އިނާމަށް ކުރިމަތިލާ ވަކިވަކި ފަރުދުންނާއި ކުލަބް ޖަމްޢިއްޔާތަކުން ކޮށްފައިވާ މަސައްކަތާއި ހޯދާފައިވާ ކާމިޔާބީތައް މިންކުރުމުގައި ބަލާނީ 2017 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކަށާއި ހޯދާފައިވާ ކާމިޔާބީއަށެވެ.

3-     އެކިއެކި މުބާރާތްތަކުން ވަނަވަނަ ހޯދާ ފަރާތްތަކަށާއި ޤްރުއާން ހިތުދަސްކޮށް، ހާފިޘްކަމުގެ ސަނަދު ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ/ކޮލެޖު ފަދަ ތަންތަނުން މަތީ ތަޢުލީމު ޙާސިލްކޮށް ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގައި ބަލާނީ 2017 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހޯދާފައިވާ ކާމިޔާބީއަށެވެ.

4-     ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެދަށުން މީގެކުރިން އިނާމު ލިބިފައިވާ ފަރާތަކަށް ހަމަ އެދާއިރާއިން މިފަހަރުގެ އިނާމަށް ކުރިމަތި ނުލެވޭނެކަމުގައިވެސް ދަންނަވަމެވެ.   

ވީމާ، އިނާމަށް ކުރިމަތިލާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދެއްވުންއެދެމެވެ.

19 ޖޫން 2022
ހޯދާ