އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަގު ބަންދުކުރާ ބޯޑް ބޭނުންކުރުމާއި، ފީނަގަން ފެށުން

އިޢުލާން

މަގު ބަންދުކުރާ ބޯޑް ބޭނުންކުރުމާއި، ފީނަގަން ފެށުން

           2022 ޖޫން 22 ވަނަ ދުވަހުން ފެށިގެން އެކިއެކި ބޭނުންތަކަށް ހިތަދޫ މަގު ބަންދު ކުރެވޭނީ، ޤަވާޢިދު ނަންބަރު: 2019/R-983  (ވަގުތީގޮތުން މަގު ބަންދު ކުރުމާއިބެހޭ ޤަވާޢިދު) ގެ 8 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ ފީ ދެއްކެވުމާއެކު އެޤަވާއިދުގެ 10، 11، 12 ވަނަ މާއްދާ ގައި ވާފަދައިން ބަންދު ކުރަން ބޭނުންވާ ސަރަޙައްދުގެ 2 ކޮޅުގައި ބޯޑު ބަހައްޓައިގެން އަދި ކައުންސިލްގެ ހުއްދަ އޮވެގެން ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޛުލްޤައިދާ 1443

16 ޖޫން 2022

16 ޖޫން 2022
ހޯދާ