މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޯޕަރޭޓިވް ސޮސައިޓީތަކުން ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމާބެހޭ

އިޢުލާން

 

ކޯޕަރޭޓިވް ސޮސައިޓީތަކުން ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމާބެހޭ

ޤާނޫނު ނަންބަރު 2007/3 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު)ގެ ދަށުން، މި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކުން ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އަންނަނިވި ކަންތައްތައް، ގިނަ ކޯޕަރޭޓިވް ސޮސައިޓީތަކުން ފުރިހަމަކޮށްފައިނުވާކަން ފާހަގަކުރަމެވެ.

  • ކޮންމެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން އަހަރީ ފީ ދެއްކުން.
  • ހިންގާ ކޮމިޓީ އެކުލަވާލިތާ، 2 އަހަރު ފާއިތުވުމުގެ ކުރިން، މެންބަރުންގެ ޖަލްސާއަކުން ހިންގާ ކޮމިޓީ އައްޔަންކުރުން.
  • ހިންގާ ކޮމިޓީއަށް އައި ބަދަލު އެންގުން.
  • ކޯޕަރޭޓިވް ސޮސައިޓީގެ އެޑްރެހަށް އައި ބަދަލު އެންގުން.
  • ކޯޕަރޭޓިވް ސޮސައިޓީގެ މާލީ ހިސާބުތައް އަހަރަކު އެއް ފަހަރު އޮޑިޓްކުރުން.
  • ޢާންމު ޖަލްސާއިން ފާސްކޮށްފައިވާ އޮޑިޓް ރިޕޯޓް ރެޖިސްޓްރާރއަށް ހުށަހެޅުން.
  • ކޯޕަރޭޓިވް ސޮސައިޓީގެ މެންބަރުންގެ ދަފްތަރު، ރަޖިސްޓްރީކޮށްފައިވާ އޮފީހުގައި ބެލެހެއްޓުން.

ވީމާ، މިހާތަނަށް ރަޖިސްޓަރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކުން އިސްވެ ބަޔާންކުރެވުނު ކަންތައްތައް 30 އޯގަސްޓް 2022 ގެ ކުރިން ފުރިހަމަކުރުމަށްފަހު، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ކޮމްލަޕަޔަންސް ސްޓޭޓްމަންޓެއް ހުށަހެޅުމަށް ދަންނަވަމެވެ.

ކޯޕަރޭޓިވް ސޮސައިޓީއާ ގުޅޭ ގޮތުން މިނިސްޓްރީގައި ރެކޯޑުކުރެވިފައިވާ އަސާސީ މަޢުލޫމާތު، މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރީ، https://business.egov.mv/BusinessRegistry  އިން ލިބިލައްވާނެއެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، މިނިސްޓްރީގެ ހޮޓްލައިން 1500 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

16 ޖޫން 2022
ހޯދާ