މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ތ.ހިރިލަންދޫ ސްކޫލުގެ 3 ބުރި ޢިމާރާތާއި މަލްޓިޕަރޕަސް ހޯލް އަދި 8 ކްލާސްރޫމްގެ މަސައްކަތް

ބިޑު ހުށަހެޅުމުގެ ދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު: TES/2022/W-007-R01)

 

1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، ތ.ހިރިލަންދޫ ސްކޫލުގެ 3 ބުރި ޢިމާރާތާއި މަލްޓިޕަރޕަސް ހޯލް އަދި 8 ކްލާސްރޫމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ކުރި ނަންބަރު (IUL)13-K/13/2022/35 (24 ޖަނަވަރީ 2022) އިޢުލާނާ ގުޅިގެން އެމަސައްކަތައް ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01، GC01 ގެ ގްރޭޑް 02، GC01 ގެ ގްރޭޑް 03، GC01 ގެ ގްރޭޑް 04 އަދި  GC01 ގެ ގްރޭޑް 05 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.

3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 19 ޖޫން 2022 އިން 27 ޖޫން 2022 އަށް،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން  16 ޖޫން 2022ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓާއ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 22 ޖޫން 2022ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/150,000ރ (އެއްލައްކަފަންސާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

8. ބިޑު ހުޅުވުން އޮންނާނީ 29 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : +960 3349296,+960 3349191+960 3349104

އީމެއިލް : [email protected]

ކޮޕީ  : [email protected]

16 ޖޫން 2022
ހޯދާ