މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް

އައި.ޓީ.ބީ ފެއަރ 2015، 2016 އަދި 2017 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

އައި.ޓީ.ބީ ފެއަރ 2015، 2016 އަދި 2017 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ހުޅުވާލަމެވެ.

ޕްރޮޕޯޒަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިކުންފުނިން ސީރިއަލް ނަންބަރު ދީފައިވާ "އާރ.އެފް.ޕީ" އެއް 22 ސެޕްޓެންބަރު 2014 އިން  12 އޮކްޓޫބަރު 2014 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 15:00 އާ ދެމެދުގެ ވަގުތުތަކުގައި، މިކުންފުނިން (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ގަންނަަން ލިބިވަޑައިގަންނަވާނެއެވެ. އާރ.އެފް.ޕީ ގެ އަގަކީ 500.00 (ފަސް ސަތޭކަ) އެމެރިކާ ޑޮލަރެވެ. އާރ.އެފް.ޕީ ވިއްކުމަށްފަހު އެފައިސާ އަނބުރައެއް ނުދެވޭނެއެވެ. އާރ.އެފް.ޕީ ގަންނަންވާނީ، އައި.ޓީ.ބީ ފެއަރ 2015، 2016 އަދި 2017 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް އެދި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމުގައެވެ.

ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 26 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގައެވެ. އަދި ޕްރޮޕޯޒަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:15 ގައި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮޕޯޒަލް ހުޅުވުމުގެ ހަފްލާގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ. ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ދުވަހަށް ނުވަތަ ތަނަށް ބަދަލެއް އަތުވެއްޖެނަމަ 26 އޮކްޓޫބަރު 2014 ގެ ކުރިން އާރް.އެފް.ޕީ ގަނެފައިވާ އެންމެހައި ފަރާތްތަކަށް އަންގާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.

މުޙައްމަދު އާދަމް

ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް

4 ވަނަ ފަންގިފިލާ، ވެލާނާގެ

މާލެ، ދިވެހިރާއްޖެ

ފޯން: 7783500، 3323228، 3331826

އީ-މެއިލް:   [email protected]

[email protected]

27 ޛުލްޤަޢިދާ 1435

22 ސެޕްޓެންބަރު 2014
ހޯދާ