ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
2023-20222 ވަނަ އަހަރު މިސްކޫލުގެ LKG އަދި UKG އަށް ދަރިވަރުން ވެއްދުމާބެހޭ.

 2023-20222 ވަނަ އަހަރު މިސްކޫލުގެ LKG އަދި UKG އަށް ދަރިވަރުން ވެއްދުމާބެހޭ.

 

2022-2023 ވަނަ އަހަރު މިސްކޫލުގެ LKG އަދިUKG އަށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 19 ޖޫން 2022 ން ފެށިގެން 27 ޖޫން 2022 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް ސްކޫލް އޮފީހުގައެވެ.

އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

ގްރޭޑް

2023-2022ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރުފުރި 6 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2022-2023 ވަނަ އަހަރު މިސްކޫލުގެ LKG  ، UKG   އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 27 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެކުރިން ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.   އަދި މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ބަނޑިދޫ ސުކޫލް ނަންބަރު 7952916 ފޯނަށް ގުޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވާނީ [email protected]   އަށެވެ.

16 ޖޫން 2022

16 ޖޫން 2022
ހޯދާ