ދިވެހިރާއްޖެ
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)483/1/2022/11 (06 ޖޫން 2022) އިޢުލާނާ ގުޅިގެން ޢިމާރާތް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ގަޑިއަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް
މޫކައި ސުއިޓްސް، 8 ވަނަ ފަންގިފިލާ
މ.ސަކައިމޫ، ހަވީރީ ހިނގުން
ތާރީޚް:23 ޖޫން 2022
ގަޑި: 11:00
މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 7960440 ފޯނަށް ގުޅުއްވުން އެދެމެވެ.