ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާވަށިދޯނީގެ އިންޖީނު އަލުން ރާވައި މަރާމާތު ކޮށްދެއްވުމަށް

މިއިދާރާގެ މާވަށިދޯނީގެ އިންޖީނަށް ބޭނުންވާ ސްޕެއަރ ދިނުމުން މިހާރު ރޫޅާލައިފައިވާ އިންޖީނު އަލުން ރާވައި މަރާމާތު ކޮށްދެއްވުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: C/2014/39/08-ފ237 (8 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހެޅުމަށް އައިސްފައިނުވާތީ އެއިޢުލާނު ބާޠިލުކުރި ވާހަކަ ދެންނެވީމެވެ.

ވުމާއެކު، މިއިދާރާގެ މާވަށިދޯނީގެ އިންޖީނަށް ބޭނުންވާ ސްޕެއަރ ދިނުމުން މިހާރު ރޫޅާލައިފައިވާ އިންޖީނު އަލުން ރާވައި މަރާމާތު ކޮށްދެއްވުމަށް އެދޭ ފަރާތްތަކުން 2014 އޮކްޓޫބަރު 02 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 އޮކްޓޫބަރު 09 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. އަތޮޅު ކައުންސިލުގެ އިދާރާގެ މާވަށިދޯނީގެ އިންޖީނަށް ބޭނުންވާ ސްޕެއަރ ދިނުމުން މިހާރު ރޫޅާލައިފައިވާ އިންޖީނު އަލުން ރާވައި މަރާމާތު ކޮށްދެއްވުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

23 ސެޕްޓެންބަރު 2014
ހޯދާ