މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކުރާ 100 ހައިސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލަށް (ފުރަތަމަ) ޢިޞްލާޙް ގެނައުން

          (IUL)321/321/2022/118 :ނަންބަރު     

އިޢުލާނު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކުރާ

100 ހައިސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލަށް (ފުރަތަމަ) ޢިޞްލާޙް ގެނައުން

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި މިހާރު ޢިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓް ލިބޭފަރާތްތައް ކަނޑައެޅުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކުލަވައިލައިފައިވާ އުޞޫލުގެ ތިރީގައި މިދަންނަވާ ބައިތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާތީ، އިޞްލާޙްކުރެވުނު އުޞޫލް މި އިޢުލާނާއެކު ޢާއްމު ކުރަމެވެ.   

  • ބަދަލު ގެނެވުނު މާއްދާތައް:-

- އުޞޫލްގެ 4.1 ކެޓަގަރީ-އޭ (ބ. ތުޅާދޫގެ ރައްޔިތުންނަށް ޚާއްޞަ ކެޓަގަރީ) ގެ (ނ) އަދި (ރ)

- އުޞޫލްގެ 4.2 ކެޓަގަރީ–ބީ (ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ) ގެ (ނ)

- އުޞޫލްގެ 5.3 (ދަރިންގެ ބައި، ކެޓަގަރީ-އޭ) ގެ (ނ)

- އުޞޫލްގެ 6.3 (ދަރިންގެ ބައި، ކެޓަގަރީ-ބީ) ގެ (ނ)

މި ބަދަލާ ގުޅިގެން، މިހާތަނަށް ފޯމް ހުށަހަޅުއްވާފައި ނުވާފަރާތްތަކަށް ފޯމް ހުށަހެޅުއްވުމަށާއި އަދި މިހާތަނަށް ފޯމް ހުށަހެޅުއްވި ފަރާތްތަކުން، އިތުރު ލިޔެކިޔުމެއް ހުށަހަޅުއްވަން ބޭނުންފުޅު ވެލައްވާނަމަ، 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 އާ ހަމައަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

15  ޛުލްޤަޢިދާ  1443

15 ޖޫން 2022
ހޯދާ