ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

ނަންބަރ: (IUL)258/258/2022/58

އިޢުލާން

 

ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

 

       ހަނިމާދޫ ކައުންސިލަށް ރަސްމީ ސިއްކައެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު ހަނިމާދޫ ކައުންސިލްގެ ރަސްމީ މެއިލް [email protected] އަށް ފޮނުއްވައިދެއްވުންއެދެމެވެ.

          އަދި ދަންނަވަމެވެ. ހުށަހަޅާ ސިއްކަގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅުއްވި ފަރާތަކަށް 5000/- (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ. ވީމާ ސިއްކަ ފަރުމާކުރުމާއިގުޅޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއި އެއްކަރުދާސް ކުރަމެވެ.

15 ޛުލްޤައިދަ 1443

15 ޖޫން 2022

15 ޖޫން 2022
ހޯދާ