ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ.އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ އާ ބެހޭ ސާމާނު ( ސަރވަރ، ސަރވަރ ރެކް އަދި ޔޫ.ޕީ.އެސް) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވޭ ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ދ.އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ އާ ބެހޭ ސާމާނު ( ސަރވަރ، ސަރވަރ ރެކް އަދި ޔޫ.ޕީ.އެސް) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވޭ  ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދ.އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ އާ ބެހޭ ސާމާނު ( ސަރވަރ، ސަރވަރ ރެކް އަދި ޔޫ.ޕީ.އެސް) ސަޕްލައި ކޮށްދޭނެ ފަރާތެއްހޯދަންބޭނުންވެއެވެ. ވިމާ މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ވާންވާނީ މި ޝީޓާއެކުގައިވާ ''މިނިމަމް ރިކުއަޔަމަންޓް'' އަށްވުރެއް ދަށް ނޫން ހުށަހެޅުމަކަށެވެ. ރިކުއަޔަރމަންޓްއަށްވުރެ ދަށްވެއްޖެނަމަ އަންދާސި ހިސާބު ބާޠިލު ކުރެވޭނެއެވެ.

1-މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 15 ޖޫން 2022 ން 23 ޖޫން 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިހޮސްޕިޓަލަށް ދުރުވެ ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާނީ މިހޮސްޕިޓަލަށް ވަޑައިގެން އެކަމަށްއެދޭ ފޯމުންނެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

2-މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރި ކުރެވިފައިވާ ފަރާތްރަކަށެވެ.

3-ބީލަމުގައި ރަޖިސްޓްރީވުމުގެ ފީއަކީ -/150 (ސަތޭކަ ފަންސާސް ) ރުފިޔާއެވެ.

4- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ދ. އަތޮޅު ހޮސްޕިޓަލްގައެވެ. ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

5-ބީލަންތައް ހުޅުވުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

6-ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީ ކުރުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ބޭނުންފުޅުވާވެލައްވާ ފަރާތްތަކަށް މެއިލްކުރެވިދާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތަން: ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

ފޯން: 9828450 / 9774240

އީ-މެއިލް: dhaal.hospital@gmail.com

ތާރީހް: 14 ޖޫން 2022

14 ޖޫން 2022
ހޯދާ