އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އދ. މަންދޫގައި އަމިއްލަ ތަކެތީގައި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:

        އދ. މަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 36 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އދ. މަންދޫގެ ގޭބިސީތަކާއި، ކުންފުނި ތަކާއި، ވިޔަފާރިތަކާއި، ގެސްޓް ހައުސްތަކާއި އަދި ސަރުކާރުގެ މުޢައްސަސާތަކަށް ވީ އެންމެ ހެޔޮއަގެއްގައި އަމިއްލަ ތަކެތީގައި ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޚިދުމަތް ފޯރުކޮށްދޭންވާނީ އަލަށް އެޅޭ ފައިބަރ ކޭބަލް ނެޓްވޯކްގެ ތެރެއިން މިރަށުގައި ޤާއިމްކުރެވިފައިވާ މީޑިއާނެޓްގެ ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެވޭނެގޮތަށެވެ.

      އެހެންކަމުން 14 ޖޫން 2022 ވީ ދުވަހުން ފެށިގެން 28 ޖޫން 2022 ވާ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް މި އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މަސައްކަތް ކޮށްދޭނެގޮތުގެ ޕްރޮޕޯސަލްއެއް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ރަސްމީ އީމެލް އެޑްރެސް: [email protected] އަށް ލިޔުމުން ހުށައެޅުމުން، ރަސްމީކޮށް ހުޅުވާފައިހުންނަ ގަޑިތަކުގައި މި އިދާރާއިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އެފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ޕްރޮޕޯސަލް ހުށައަޅުއްވާނީ މި ކައުންސިލުން ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ އެންމެހާ މަޢުލޫމާތުތައް ހިމެނޭގޮތަށް އެ ކަރުދާހުގައިވާ ފޯމެޓާއި އެއްގޮތަށެވެ. ޕްރޮޕޯސަލް ހުށައެޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އދ. މަންދޫ ކައުންސިލްގެ އިދާރާއަށެވެ. މި ކަމަށްއެދި ހުށައަޅާ ޕްރޮޕޯސަލްތައް ބަލައިގަނެ، ކެނޑުން އޮންނާނީ ޕްރޮޕޯސަލް ހުށައަޅާ ގަޑީގައި ހުށައަޅާ އެންމެހާ ފަރާތްތަކުގެ ހާޟިރުގައެވެ. އަދި ޕްރޮޕޯސަލް ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހުށައަޅާ ފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީއަކާއިއެކު ހުށައެޅުއްވުން އެދެމެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 ޛުލްޤަޢިދާ 1443

                                 14 ޖޫން 2022

14 ޖޫން 2022
ހޯދާ