ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2022 ގެ ދެވަނަ ބުރުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވައިލުން

2 ޖުލައި 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 13 ޖޫން 2022 ވާ ހޯމަ ދުވަހުން ފެށިގެން 25 ޖޫން 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ. ރަޖިސްޓްރީވުމަށްޓަކައި ކަނޑައެޅިފައިވާ ފޯމް މެދުވެރިކޮށް، 25 ޖޫން 2022 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

ލިންކު: https://forms.office.com/r/yz4VK5UBKF

11 ޖޫން 2022 ގައި ބާ ކައުންސިލުން ބޭއްވި އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީކޮށް، 5 ޖޫން 2022 ގައި މި ކައުންސިލުން އާންމުކޮށްފައިވާ، "ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުން،2 ޖުލައި 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް އަލުން ރަޖިސްޓަރީވާކަށް ނުޖެހޭނެއެވެ.

13 ޖޫން 2022
ހޯދާ