ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޓްރައިބިއުނަލް އޮފިސަރ

މި ޓްރައިބިއުނަލަށް ޓްރައިބިއުނަލް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: 200VTR/IU/2022/17 (02 ޖޫން 2022) އިޢުލާނާ ގުޅިގެން މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަށީގެންވާ އަދަދަކަށް ކުރިމަތިލައްވާފައިނުވާތީ އެމަޤާމަށް އަލުން ހުޅުވާލަމެވެ. މިދެންނެވި އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށަހަޅުއްވާފައި ފަރާތްތަކުން މި ވަޒީފާއަށް އެދި އަލުން ފޯމު ހުށައަޅަން ނުޖެހެނޭއެވެ.

މަޤާމް:            ޓްރައިބިއުނަލް އޮފިސަރ

މަޤާމުގެ ބާވަތް:          ދާއިމީ

ޢަދަދު:              01

މުސާރަ:             -/6295

ޢިނާޔަތް:          

     ސަރވިސް އެލަވަންސް:  -/2000

     ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތަކާއި މަޢުލޫމާތު ހޯދުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތައް ޓްރައިބިއުނަލަށް ޙާޟިރުކުރުމުގެ ކަންތައްތައް ކުރުން.
  • މައްސަލަ ނިމުނު ގޮތުގެ ރިޕޯރޓް ތައްޔާރުކުރުމުގައި ޓްރައިބިއުނަލްގެ މެންބަރުންނަށް އެހީތެރިވެދިނުން.
  • މައްސަލަތަކާގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
  • ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން އާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ލީގަލް ސެކްޝަންގެ އިދާރީ މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުތު: 

  1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު،       އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ

  2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، އަދި މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  3. އެޑްވާންސް ސެޓްފިކެޓްއިން ޝަރީޢާ ޙާޞިލްކޮށްފައިވުން.

މި މަޤާމަށް މީހަކު ނެގުމުގައި ވަޒީފާއާބެހޭ ޤާނޫނާގުޅޭ ދާއިރާއިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

އެހެނިހެން:

    • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
    • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
    • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖޫން 2022 އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ޓްރައިބިއުނަލުގެ ރަސްމީ ވެބްސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،
  3.  އައި.ޑީ ކާޑުގެ ކޮޕީ،
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް

ބަލައިގެންނެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

13 ޖޫން 2022
ހޯދާ