މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

          ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތް 1443 މިހިނގާ ޖޫން މަހުގެ 23 ން 25 އަށް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނައަށް ދާފަރާތްތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

          މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ

1-   ކޮންމެ އުމުރުފުރާއަކުން ދެގޮފިވަކިން 1، 2 އަދި 3 ވަނަ ( 9 އަހަރުން ދަށުން ފެށިގެން 18 އަހަރުން މަތި )

2-   މުޅި މުބާރާތުން ދެގޮފިވަކިން 1، 2 އަދި 3 ވަނަ ( 9 އަހަރުން ދަށުން ފެށިގެން 18 އަހަރުން ދަށަށް )

3-   މުޅި މުބާރާތުން ދެގޮފިވަކިން 1، 2 އަދި 3 ވަނަ ( 18 އަހަރުން މަތި )

4-   މުޅި މުބާރާތުން ދެގޮފިއެއްކޮށް އެންމެ ގަދަ 5 ފަރާތް (9 އަހަރުން ދަށުން ފެށިގެން 18 އަހަރުން ދަށަށް)

5-   މުޅި މުބާރާތުން ދެގޮފިއެއްކޮށް އެންމެ ގަދަ 5 ފަރާތް ( 18 އަހަރުން މަތި)

6-   މުޅި މުބާރާތުން ދެގޮފިއެއްކޮށް 1 ވަނަ ( 9 އަހަރުން ދަށުން ފެށިގެން 18 އަހަރުން ދަށަށް )

7-   މުޅި މުބާރާތުން ދެގޮފިއެއްކޮށް 1 ވަނަ ( 18 އަހަރުން މަތި )

          ވީމާ، މިވަނަތަކަށް އިނާމް ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކަށް 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. 

13 ޖޫން 2022
ހޯދާ