ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ މަޤާމަކަށް މީހުން ބޭނުންވެއްޖެ

މަޤާމް :ޕްރީ ސްކޫލް ޓީޗަރ
ބޭނުންވާ އަދަދު :2

މަޤާމް:              ޕްރީސްކޫލް ޓީޗަރ (ހަބަޝީ ޕްރީ ސްކޫލް)

ޑިވިޜަން:            ކޯޕަރޭޓް އެފެއާޒް

ބޭނުންވާ ޢަދަދު:        02 (ދޭއް)

މަސައްކަތްކުރާތަން:       ހަބަޝީ ޕްރީ ސްކޫލް

މަޤާމުގެ ގިންތި:        ކޮންޓްރެކްޓް (ދިރާސީ އަހަރުގެ 2022-2023 ގެ ނިޔަލަށް)

މުސާރަ:             1000.00 (އެއްހާސް) ރުފިޔާ

ސަރވިސް އެލަވަންސް:    2500.00 (ދެހާސް ފަސްސަތޭކަ) ރުފިޔާ

ފަންނީ އެލަވަންސް:      1500.00(ފަނަރަ ސަތޭކަ) ރުފިޔާ

އެހެނިހެން އެލަވަންސް:    2170.00 (ދެހާސް އެއްސަތޭކަ ހަތްދިހަ ) ރުފިޔާ، މީގެ އިތުރުން ރަމަޟާން މަހު ވަޒީފާއަދާކުރާނަމަ ރަމަޟާން މަހުގެ އިނާޔަތު ފައިސާ 

ތަޢުލީމާއި ތަޖްރިބާ:މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު:

  • ޕްރީ ސްކޫލް ޓީޗަރކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ
  • ޕްރީސްކޫލްގައި ކިޔަވައި ދިނުމުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ
  • ޤައުމީ މަންހަޖުގެ ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފައިވުން
  • ޖީ.ސީ.އޯލެވެލް 2 މާއްދާއިން (ޑީ) ގްރޭޑުން ފާސްވުމާއި އެކު އެސް.އެސް.އީ އިމްތިހާނުން ދިވެހި، އިސްލާމް ދެމާއްދާއިން (ސީ) ގްރޭޑް ލިބިފައިވުން 

 

ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ:

  • ޕްރީ ސްކޫލް ޓީޗަރ މަޤާމަށް ޝަރުތު ހަމަވާ މީހަކު ނުލިބިއްޖެނަމަ ޓީޗަރ ކަމުގެ މަޤާމަށް މީހަކު ހޮވާނީ ޓީޗަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތެކެވެ.

މަޤާމުގެ މަސްއޫލިޔަތު:

  • ކިޔަވައިދިނުމަށް ތައްޔާރުކުރަންޖެހޭ ފިލާވަޅުތައް/ ލިޔުންތައް ތައްޔާރުކުރުން
  • ކުދިންނަށް ކިޔަވައިދިނުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވުން.
  • އެޓާރމެއްގައި ކިޔަވައިދެވުނު ތަކެތީގެ ތެރެއިން ކުދިންނަށް އެނގިފައިވާ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ތައްޔާރުކުރުމާއި، ރިޕޯޓްފޯރމް ތައްޔާރުކުރުން
  • އިތުރު ހަރަކާތްތަކާއި މުނާސަބަތުތަކާއި ދުވަސްތައް އިންތިޒާމްކޮށް ރާވާ ހިންގުން.
  • ދަރިވަރުންގެ ކިޔެވުމާއި، އުޅުމާއި، ހެދިބޮޑުވުމާއި، އަޚްލާޤަށް އަންނަމުންދާ ބަދަލުތައް ބެލެނެވެރިންނާ ޙިއްސާކުރުމަށް، ފުރިހަމަކުރަންޖެހޭ އެސެސްމަންޓްތައް ހެދުމާއި، ބެލެނެވެރިންނަށް އެމަޢުލޫމާތު ޙިއްސާކުރުމަށް ބާއްވަންޖެހޭ ބައްދަލުވުންތަކާއި ސެޝަންތައް ކޮންމެ ހަފްތާއަކު އެއްފަހަރު އިންތިޒާމުކޮށް ބޭއްވުން.
  • ސިއްހީބަލިމަޑުކަމެއްގެ ސަބަބުން ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހޭ ހާލަތްތަކުގައި ގޭގައި ދަރިވަރުން މަސައްކަތްކުރުމަށް ބޭނުންވާ މަސައްކަތު ކަރުދާސް، ލިޔުންތައް، ފިލާވަޅުގެ އޯޑިއޯ،ވީޑިއޯ ތައްޔާރުކުރުން.
  • ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން (ޓީ.ވީ، ޕްރޮޖެކްޓަރު)، ކިޔަވާދިނުމަށް ބޭނުންވާ ވީޑިއޯ، އޯޑިއޯ ނުވަތަ ޕީ.ޕީ.ޓީ ތައްޔާރުކުރުން.
  • މިނޫންވެސް ކުދިންނަށް ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި، ޕްރީ ސްކޫލުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރުވޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކައުންސިލް އިދާރާއިން ސްކޫލުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ ކަންތައްތައްކުރުން.
  • ކައުންސިލުން ހިންގާ ހަރަކާތްތަކުގައި އެހީތެރިވެ އަމަލީ ގޮތުން ބައިވެރިވުން.
މަޤާމް :ޕްރީސްކޫލް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

މަޤާމް:              ޕްރީ ސްކޫލް އެސިސްޓެންޓް (ހަބްޝީ ޕްރީ ސްކޫލް)

ޑިވިޜަން:            ކޯޕަރޭޓް އެފެއާޒް

ބޭނުންވާ ޢަދަދު:        01 (އެކެއް)

މަސައްކަތްކުރާތަން:       ހަބްޝީ ޕްރީ ސްކޫލް

މަޤާމުގެ ގިންތި:        ކޮންޓްރެކްޓް (ދިރާސީ އަހަރުގެ 2022-2023 ގެ ނިޔަލަށް)

މުސާރަ:             500.00 (ފަސް ސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް:    2500.00 (ދެހާސް ފަސްސަތޭކަ) ރުފިޔާ

ޑޮމެސްޓިކް މާރކެޓިންގ އެލަވަންސް:2000.00(ދެހާސް) ރުފިޔާ

އެހެނިހެން އެލަވަންސް:    2035.00 (ދެހާސް ތިންސަތޭކަ ތިރީސްފަސްރުފިޔާ) ރުފިޔާ، މީގެ އިތުރުން ރަމަޟާން މަހު ވަޒީފާއަދާކުރާނަމަ ރަމަޟާން މަހުގެ އިނާޔަތު ފައިސާ

ތަޢުލީމާއި ތަޖްރިބާ:މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު:

  • ގުރޭޑް 8 ނިންމާފައިވުން ނުވަތަ
  • މަސައްކަތުގެ ދައިރާއިން ދިވެހިރާއްޖޭގެ ސަނަދު އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • މަސައްކަތު މީހެއްގެ މަޤާމުގައި 1 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްއޫލިޔަތު:

  • ރަސްމީ ކޮންމެ ދުވަހަކު ކުލާސްރޫމް، ހޯލު ކޮރިޑޯރ ފޮޅާ ސާފުކޮށް މޮޕްލުން
  • ރަސްމީ ކޮށްމެ ދުވަހަކު ސްކޫލުގެ ގޯތި ތެރެއާއި ވަށާގެން ކުނި ކެހުން، އަދި ވިނަ ފަޅާފައިވާ ތަން ތަނުން ވިނަނޮޅުން.
  • ސްކޫލުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  • ދަރިވަރުން ކުލާސް ގަޑީގައި ފާޚާނާއަށް ގެންގޮސް ގެނެސްދިނުމުގައި އެހީތެރިވުން.
  • ކުދިންނަށް ކިޔަވައިދިނުމުގައި ސްކޫލުން ހިންގާ އިތުރުހަރަކާތުގެ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން.
  • ޕްރީ ސްކޫލުގެ އިތުރު ހަރަކާތްތަކާއި މުނާސަބަތުތަކާއި ދުވަސްތައް އިންތިޒާމްކުރުމުގައި އެހީތެރިވުން.
  • ޕްރީ ސްކޫލުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރުވޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކައުންސިލް އިދާރާއިން ސްކޫލުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ ކަންތައްތައްކުރުން.
  • ކައުންސިލުން ހިންގާ ހަރަކާތްތަކުގައި އެހީތެރިވެ އަމަލީ ގޮތުން ބައިވެރިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 22 ޖޫން 2022 ވާ (ބުދަ) ދުވަހުގެ 13:00 ގެ ކުރިން ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

 

  • "މިމަޤާމަށް ހޮވޭ ފަރާތްތަކަށް އެކެއް (1) އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށައެޅި ނަމަވެސް، ޕާރފޯމަންސް އެޕްރައިސަލް އަށް ބަލައި އިތުރު އެއްކެއް (1) އަހަރު ދުވަހަށް ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ."
  • މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރައްވަން ޖެހޭނެއެވެ. އެމުއްދަތުގައި އެޕްރައިސަލް އިން ފާސްނުވާ ފަރާތްތަކުން މަޤާމުން ވަކިކުރެވޭނެއެވެ.

 

ހުށަހަޅާންޖެހޭ ލިޔުންތައް:

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.)

2-      ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖެއިން ބޭރު އިންސްޓިޓުއުޓެއްގެ ސެޓްފިކެޓެއްނަމަ އެކްރެޑިޓް ކުރުން)

3-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

4-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރު، އީމޭލް އެޑްރެހާއި އެކު)

6-      މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 

              ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ސުންގަނޑީގެ ކުރިން އިޢުލާނުގައި ހުރި މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު މިއިދަރާއަށް ހުށަހެޅުއްވުންއެދެމެވެ. އަދި މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6620450، 6620453 ނަމްބަރު ފޯނާއެވެ.

 

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13   ޖޫން  2022

 

13 ޖޫން 2022
ހޯދާ