ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023-2022 ދިރާސީ އައު އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމާއި ބެހޭ

މި ފެށޭ ދިރާސީ އައު އަހަރު 2023-2022 ދަނބިދޫ ޕްރީސްކޫލްގެ ބޭބީ ނާސަރީ އާއި ނާސަރީ އަށް ކުދިން

ވައްދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކިޔަވައި ދިނުން ހަމަޖެހިފައިވަނީ ސްކޫލުގައި

ރަޖިސްޓްރީވާ ކޮންމެދަރިވަރެއްގެ އަތުން މަހަކު -/150 ރުފިޔާ ގެ ފީ އެއް ނަގާގޮތަށްށެވެ. ޕްރީސްކޫލަށް ކުދިން

ވެއްދުމަށް ބޭނުންވެލައްވާ ފަރާތް ތަކުން ކައުންސިލްގައި ރަޖިސްޓްރީ ކުރުން 14 ޖޫން 2022 އިން 30 ޖޫން 2022

ވާ ބުރާސްފަތި ދުވަހުގެ 13:30 ހަމައަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

ގްރޭޑް

2022 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ

ބޭބީ ނާސަރީ

01 އޮގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ  ކުދިން

ނާސަރީ

01 އޮގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ  ކުދިން

 

         ކުދިން ޕްރީސްކޫލަށް ވައްދަން ރަޖިސްޓްރީ ކުރާ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ

ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމް ހުށަހަޅުއްވާއިރު ކުއްޖާ އާއި ބެލެނެވެރިޔާގެ އައި.ޑީ.ކާޑް ކޮޕީ ފޯމާއެކު ހުށަހަޅުއްވަން ވާނެއެވެ.

13 ޖޫން 2022
ހޯދާ