މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޙްގެ ނިޔަލަށް ބިޑްގައި ރަޖިސްޓްރީވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6580605 ނުވަތަ 6580606 ނަމްބަރު ފޯނާއެވެ. ނުވަތަ ކޯޓަށް ދުރުވެ ރަޖިސްޓްރީވެލައްވާނީ 19 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 13:00 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު ނުވަތަ ގުޅައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚުގައިވާ ގަޑިއަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ޙާޟިރުވެދެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ބިޑްގައި ރަޖިސްޓްރީވުން

19 ޖޫން 2022 ، 13:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

20 ޖޫން 2022 ، 13:00

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

29 ޖޫން 2022 ، 13:00

 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހަޅާ އެސްޓިމޭޓްތައް އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއެކު، ހުށަހަޅާ ފަރާތުގެ އައި.ޑީކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި އަގުހުށަހަޅާ މަސައްކަތާ، ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ އައި.ޑީކާޑު ކޮޕީ އަދި ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައިވެސް ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު އަދި އޮންލައިންކޮށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިަފއިނުވާ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ                       

12 ޖޫން 2022

 

12 ޖޫން 2022
ހޯދާ