މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ކޯޕަރޭޓް އައިޑެންޓިޓީ ޑިޒައިންކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ކައުންސިލްގެ ކޯޕަރޭޓް އައިޑެންޓިޓީ ޑިޒައިންކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއިން ދީފައިވާ މަޢުލޫމާތު ޝީޓްގައިވާ ގޮތައް 20 ޖޫން 2022 ގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް ([email protected]) އަށް މެއިލްއިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު، އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.  މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ކައުންސިލްގެ  [email protected] އެޑްރެހަށް އީ-މެއިލްކުރެއްވުމުން ނުވަތަ މި ކައުންސިލުގެ 6580118 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޖޫން 2022
ހޯދާ