އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
2022 - 2024 ށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ފެހުމަށް ބޭނުންވެއްޖެ

އިޢުލާން

2022 – 2024 ށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ފެހުމާއި ގުޅޭ

  މި ސުކޫލްގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ( GS-155/IUL/2022/005) އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސުކޫލުގެ އޮފީހައް ދުރުވެ މައުލޫމާތު ދިނުމުގެ ސެސަންގައި ބައިވެރިވެލެއްވުމަށް ނަންނޯޓުކޮށް، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން އެދެމެވެ.

 

ބިޑްރަޖިސްޓްރީގައި ނަން ނޯޓް ކުރުން

އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން

2022 ޖޫން 12 ން ޖޫން 14 ވަނަ ދުވަހު 12:00 އަށް

2022 ޖޫން 21 ވަނަ ދުވަހު 13:00 ށް


              މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ގާނޫނު  (2013/06)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށެވެ. ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާއިރު ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަނގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. މި މަސައްކަތުގެ މައުލޫމާތު ކަރުދާސް (ބިޑް ޑޮކިއުމަންޓް) މި އިއުލާނާއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

       ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.                                                                                                                                         

ރެޖިސްޓްރީވުމަށް ސްކޭންކޮށްލާ ނުވަތަ ކްލިކްކޮށްލާ!                

  https://forms.gle/GmkZNTrdqRzX1mE36

12 ޖޫން 2022
ހޯދާ