ފިޔަވަތި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލިީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ސްކޫލްއަށް ދާ ކުދިންނަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

            

      ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންގެ ތެރެއިން ސްކޫލްއަށްދާ  ކުދިންނަށް ބޭނުންވާ ސްކޫލް  އޮފިޝަލް ޔުނީފޯމް، އެކްޓިވިޓީ ޔުނީފޯމް، އިސްޓާކީން، ބޫޓް، ދަބަސް، ބެލްޓް، ލަންޗް ބޮކްސް އަދި ވޯޓަރ ބޮޓްލް ފަދަ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނުއާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ތައްޔާރުކުރައްވައި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް، 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:30 އަށް، ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމަވެ.

     މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  3027622 އާއި ގުޅުއްވުން އެދެމެވެ.   

11 ޖޫން 2022
ހޯދާ