ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
16 ވަނަ "ކިންގް މުހައްމަދު -6 އިންޓަރނޭޝަނަލް ހޮލީ ޤުރްއާން މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން ކޮންޓެސްޓް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

     ކިންގްޑަމް އޮފް މޮރޮކޯގެ މިނިސްޓްރީ އޮފް އެންޑޯމަންޓް އެންޑް އިސްލާމިކް އެފެއާރޒްއިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 27ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުރުޙީގައި ދަންނަވާފައިވާ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވަނީ މުބާރާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރެއިން ކޮންމެވެސް 01 ކެޓަގަރީއަކުން 01 ބައިވެރިއަކަށެއެވެ.

ދަޢުވަތު ލިބިފައިވާ ކެޓަގަރީތައް

1-   ތަރުތީލުކޮށް ޤުރްއާން އެއްކޮށް ޙިފްޒުކޮށްފައިވުމާއި، ފުރަތަމަ އަދި ދެވަނަ ފޮތުގެ ތަފްސީރު އެނގުން.

2-   ތަޖުވީދާއެކު ވިދިވިދިގެން ފަސް ޙިޒްބް (ދެފޮތާއި ބައި) ދަސްވެފައިވުން.

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

1-      މި މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.

2-      ޢުމުރުން 10 އަހަރާއި 40 އަހަރައި ދެމެދުގެ ފަރާތެއްކަމުގައިވުން.

3-      ދިވެހިރައްޔިތެއް ކަމުގައިވުން.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ "[email protected] " އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

09 ޖޫން 2022
ހޯދާ