ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އިޢުލާން

2022-2023 ވަނަ ދިރާސީ އަހަރަށް ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން.

2022-2023 ވަނަ އަހަރަށް  މިސްކޫލުގެ ތިރީގައި މިދަންނަވާ ގްރޭޑްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. 

ގްރޭޑް

2022-2023 ވަނަ އަހަރު ކުދިން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2022 ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިން.

ޔޫ.ކޭ.ޖީ

އެލްކޭޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިން.

ގްރޭޑް 1

ފާއިތުވި 2 އަހަރު ޕްރީސްކޫލް ޕްރޮގުރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިން.

                 ވީމާ، މިދެންނެވި އުމުރުފުރާތަކުގެ ކުދިންނާއި އެހެނިހެން ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ބެލެނިވެރިން 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2022 ޖޫން 30ގެ ނިޔަލަށް ފޯމް ނަންގަވައި ފުރުއްވުމަށްފަހު ސްކޫލު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ކުދިން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް ސްކޫލު އޮފީހުން ރަސްމީ ގަޑީގައި ލިބެންހުންނާނެ ވާހަކަ އެންމެހާ ފާރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

                 އިތުރުމަޢުލޫމާތު ހޯއްދެވުމަށް ސްކޫލުގެ ނަންބަރު (6700026) އާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                        ވީމާ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.    

09 ޖޫން 2022
ހޯދާ